Monday 30 April 2007


Sunday 29 April 2007

Saturday 28 April 2007



read more..

salah's Body has been buried Male'



- Sources say the body has been buried, without even the religious ritual prayer for the dead - Kashunamaadhu. "No one is allowed to go near the cemetery," said a source on the ground. People are screaming and calling for Golhaabo's resignation around the area.
more...



Friday 27 April 2007

Thursday 26 April 2007

Wednesday 25 April 2007

ރައްޔިތުންނަށް އޮޅުވާލި އަނިޔާވެރިސަރުކާރުގެ ރަށުއޮފީސްތަކާއި، ތިނަސައިޒުގެ ކަތީބުން

ރާއްޖޭގެ ރަށް ރަށުގައި ވާ ރަށުއޮފީސްތަކަކީ ވަރަށްއާދަޔާ ޚިލާފަށޤ މަސައްކަތް ކުރާ ތަންތަނެވެ. ދުނިޔޭގެ ޤައުމުތަކުންވެސް ހިންގުމުގެ ދާއިރާއިން ނަމޫނާއަކަށް ބަލައިގެން ރަށުއޮފީސްތައް ޤާއިމް ކުރަން ޖެހޭނެއެވެ. ސަބަބަކީ ރަށުއޮފީސްތައް ހެދުމުން ސަރުކާރު ހިންގުމުގެ ޚަރަދުން ވަރަށް ބޮޑު ބައެއް ކުޑަވެގެން ދާނެއެވެ. ކޮންމެ ޤައުމެއްގައިވެސް ގިނަމިނިސްޓްރީ ތައްހެދުމުގެ ބަދަލުގައި ރަށު އޮފީހެއް ޤާއިމްކުރުމުން ހުރިހާކަމެއް ހަމަޖެހިގެންދާނެއެވެ.

Tuesday 24 April 2007

އިމާދުއްދީން ސްކޫލްގެ ހިންގުން ދޯދިޔާ ވުމުގެ ސަބަބުން ބެލެނިވެރިން ހިތްހަމަނުޖެހުން ފާޅުކޮށްފި

އިމާދުއްދީން ސްކޫލްގެ ހިންގުންތެރިކަން ދޯދިޔާވުމުގެ ސަބަބުން އެސްކޫލްގެ ބެލެނިވެރިން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
ބެލެނިވެރިން ފާހަގަކުރި ކަންތައް ތަކުގެ ތެރޭގައި މީގެކުރިން ވަރަށް ބޮޑަށް ސަމާލުކަންދޭ ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވާ ކުދީންގެ ޕްރެކްޓިސް އަށް މިއަހަރު އެއްވެސް ސަމާލުކަމެއް ނުދޭކަމާއި، ބައެއް ޓީޗަރުންނާއި ސުޕަވައިޒަރުން ކަމަށް ކަމޭނުހިތުމުގެ ސަބަބުން ސްކޫލްގެ ކިޔެވައިދިނުމުގެ ފެންވަރު ދަށްވެގެންދާއިރުވެސް އެކަމަށް އެއްވެސް ފިޔަވަޅެއް ނޭޅުން ހިމެނެއެވެ. އަދި ދަރިވަރުންނާގުޅޭ އެހެނިހެން ކަންތަކުގައި ސްކޫލް ދޯދިޔާވުމާއި،
more.......

Monday 23 April 2007

Voting ages in the countries of the world

Only 11 countries not allowing take part in an election at the age of 18. This Includes Maldives and dictator Gayyoom refused to allow a debate on lowering the voting age for the referendum on a Presidential or Parliamentary style of government to 18. more....

ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ އަންހެނުންނާބެހޭ ޑޮކްޓަރުގެ އިހުމާލުން ކުއްޖަކު މަރުވެފައިވާކަމަށް ތުހުމަތުކޮށް އެމްޑީޕީ ގދ.ދާއިރާއިން އެކަން ކުށްވެރި ކޮށްފި

ގދ.ތިނަދޫ މާފިޔާ ސިއްދީގު އަލީ އާއި ސޫރަޖްގޭ ފާތުމަތު ޝުއައިބާ އާދަމް އަށް ލިބުނު ދަރިފުޅު މިމަހުގެ 17 ވަނަދުވަހު، އެދަރިފުޅު ވިއްސި ޑޮކްޓަރުގެ އިހުމާލުންމަރުވެފައިވާކަމަށް ތުހުމަތުކޮށް އެމައްސަލަ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވީހާއަވަހަކަށް ތަހުގީގު ކުރެއްވުމަށް ގދ.ދާއިރާއިން ގޮވާލައިފިއެވެ.

ގދ.ދާއިރާގެ ރައީސް މުހައްމަދު ސަލީމްއަލީ ވިދާޅުވީ މިފަދަމައްސަލަތައް ތިނަދޫރީޖަނަލްހޮސްޕިޓަލުންނާއި ރާއްޖޭގެ އެކިސަރަހައްދުތަކުން ތަކުރާރު ވަމުން ދާކަމަށެވެ. އެހެންނަމަވެސް  ކަމާބެހޭ މިނިސްޓްރީން މިފަދައެއްވެސް މައްސަލައެއް ނުބައްލަވައި، އެފަދަ ޑޮކްޓަރުންނަށް އިންޒާރެއްވެސް ނުދެއްވާކަމީ ސިއްޙީ ދާއިރާގެ އެފަދަ އަމަލް ތަކަށް ދެވޭ ހިތްވަރެއް ކަމަށް ނޫނީ ނުބެލެވޭނެ ކަމަށެވެ. އެހެންވީމާ މިހާރުވެސް ހެލްތުމިނިސްޓަރު އިލްޔާސް އިބްރާހީމް ޑީއާރުޕީ ހިންގުމަށްޓަކައި ކޮންމެ ބުރާސްފަތިދުވަހަކު ރާއްޖޭގެ ރަށްރަށަށް ގޮސް ޕާޓީ ހިންގުމަށްޓަކައި ކުރައްވާ މަސައްކަތަކީ ހެލްތުމިނިސްޓްރީ ސިޔާސީ ހަތިޔާރެއްގެ ގޮތަށް ބޭނުން ކުރުން ނޫންގޮތަކަށް ނުބެލެވޭނެ ކަމަށެވެ .އަދި ރާއްޖޭގެ ހެލްތުމިނިސްޓްރީ އަކީ ސިޔާސީ ޕާޓީއެއް ހިންގާ މަރުކަޒަކަށް ވުމީ ރާއްޖޭގެ ރައްޔިތުންނަށް ހުރި ވަރަށްބޮޑުބިރެއް ކަމަށްނޫނީ ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ސިއްދީގުއަލީ ވަނީ އެމްޑީޕީ ގދ.ދާއިރާ އޮފީހުގެ އިތުރުން ހެލްތުމިނިސްޓްރީ އަށާއި ކަމާބެހޭ އެކި ފަރާތްތަކަށް ސިޓީ ފޮނުވާފައެވެ. އަދި އެސިޓީގައި ލިޔެފައިވާ ގޮތުގައި ދަރިފުޅު ވިހަންތައްޔާރު ވެފައި ވަނިކޮށް ޑޮކްޓަރު ގެއަށް ނިދަންގޮސްފައިވާ ކަމަށާއި، ދަރިފުޅު ވިއްސުމަށްފަހު ވާނުވާނޭނގި އެތައްއިރެއް ވެފައިވާ ކަމަށް ލިޔެފައިވެއެވެ.

 


 

Friday 20 April 2007

ޚަބަރު
މުންޑޫއަށް ފުލުހުންއަރައި 10 މީހަކަށް ބޮޑެތި އަނިޔާ ތަކެއް ދީފި
21.04.2007

ލ.މުންޑޫ ގައި ސުނާމީ ގެއެޅުމަށް ފްރެންޗް ރެޑްކްރޮސްއާ ހަވާލު ކޮށްފައިވާކަމަށް ބުނަމުންއައިސް އެންމެފަހުން އިއްޔެ އެކަން އެރަށުގައި ނުކުރާގޮތަށް ނިންމާފައި އެރަށުގެ ރައްޔިތުން ގެތެރެއިން 10 މީހަކު ތަޅައި ރޯނާގަންނަވައިފިއެވެ.
ރޭ 8:30 އެހާކަށްހާއިރު ފުލުހުންގެ ތެރެއިން ފަންސާހަކަށްމީހުން އެރަށަށް އަރައި ހިންގި މިޖަރީމާ ތަކުގައި މީހުންގެ ގައިގައި ބޫޓުންނާއި އަޔުން ފުލުހުން ތަޅައި ހަދާފައިވެއެވެ. އަދި ހަޑިހުތުރު ބަހުން ވާހަކަދައްކައި ރައްޔިތުންނަށް ބަވައި ހަދާފައިވެއެވެ.
މިހާދިސާ އެރަށުގައި ހިނގުމުން އެރަށުން މައުލޫމާތު ދިން މުހައްމަދު ބުނީ ފްރެންޗް ރެޑްކްރޮސްގެމީހުންނާ ހަވާލުކޮށްގެން ހަތްދިހަ ދެގަޑިއިރު ތެރޭ ނިންމާނަމޭ ބުނި ގެތަކާއި އެހެނިހެންކަންތައްތައް މިއަދާހަމައަށް އައިއިރުވެސް ނުނިމިވުމާއެކު، މުންޑު ރައްޔިތުން ޔޫއެންއަށް ވެސް ވަނީ ސިޓީ ފޮނުވާފައި ކަމަށެވެ. އެހެްނނަމަވެސް ވަކިހިސާބަކުން ސަރުކާރުން ބުނާ ވާހަކައަކީ މުންޑޫމީހުން މިއަތޮޅު ގަމަށް ބަދަލު ކުރާ ވާހަކަކަމަށާއި، އެހެންނަމަވެސް އެރަށުގެ އެއްވެސް ރައްޔިތަކު ގަމަށްބަދަލުވާން އެދިފައި ނޯންނާނެކަމަށެވެ.
މިހެން ހަމަޖެއްސުމާއެކު ޔޫއެންއިންވެސް ދިން ޖަވާބުގައި ވަނީ މުންޑޫ މީހުން ގަމަށް ބަދަލު ކުރާގޮތަށް ހަމަޖެހިފައިވާކަމަށެވެ.
ދެން ފްރެންޗް ރެޑްކްރޮސް އިން ހާމިދު ކިޔާމީހަކާއި ޒަކަރިއްޔާ އަކާއި އަދި ލޫޒީ ކިޔާ ބޭރު މީހަކު އައިސް ވާހަކަދައްކަމުން ދާތާވެސް އެތައް ދުވަހެއް ވެއްޖެއެވެ.
"އިއްޔެ ބުނެފި މާދަމާ(ހުކުރުދުވަހު) އަންނާނަމޭ. ކިޔާފައި މިއަދު އައިސް ބުނީ މުންޑޫއަކީ އެމީހުންގެ މަސައްކަތުގެ ތެރޭގައި އޮތްރަށެއް ނޫނޭ . " މުހައްމަދު ބޫތުން ވާހަކަދައްކަމުން ބުންޏެވެ.
މިވާހަކަތައް ދިގުލައިގެންގޮސް ހަވީރުސަޔަށް ނިންމާފައި މިރޭވާހަކަތައް ރަށުގެ ރައްޔިތުންނާއި ރެޑްކްރޮސްގެ މީހުންނާއެކު ކުރިއަށް ދަނިކޮށް ކުއްލިއަކަށް ފުލުހުންރަށަށް އަރައި މީހުންގައިގައި ތަޅައި އަނިޔާކޮށް ދިހަމީހަކަށް އަނިޔާދީފައި ހިނގައްޖެއެވެ.
"އަހަރެމެން ބުނިހާވެސް އެއްޗަކީ ހިއުމަންރައިޓްސް ކޮމިޝަނެއް ހުރޭނޫންހޭ މިނިވަންމުސްތަގިއްލު ކޮމިޝަނެއް މައުމޫނު އުފައްދާފައިހުންނަ. އެކޮމިޝަނުގެ މީހެއް ގެނެސް މިމައްސަލަ ބަލައިދޭށޭ" މުހައްމަދު ބުންޏެވެ. އަނިޔާވި ދިހަމީހުންގެ ތެރެއިން 2 މީހުންގެ ހާލު ބޮޑުވެގެން ވަނީ މާބައިދޫ ސިއްހީމަރުކަޒުގައި އެޑްމިޓްކޮށްފައެއެވެ. މީހުން ނަށް އަނިޔާދިން ރަށުގައި ސިއްހީޚިދްމަތެއްވެސް ނެތެވެ.

Thinadhoo in support of the Vote 18 demonstration in Male'

Thinadhoo - 17:45 - A special vehicle round was organised by MDP Thinadhoo members in support of the demonstration calling for the voting age in the country to be lowered to 18. It was organised by Maldivian Democratic Party (MDP) and the main protest was held in Male'. Pictures of the main protest are available on Dhivehi Observer.














ތިނަދޫ ޕޮލިސް ސްޓޭޝަނުގައި ގައި ތިބޭ ފުލުހުން މަޑަވެލީމަޑަވެލީ ޒުވާނެއްގައިގައި ތަޅައި މޫނު މައްޗަށާއި ބޮލަށާއި އަދި އެކިތަންތަނުގައި ތަޅާ އަނިޔާކޮށްފ

ގދ ތިނަދޫ ޕޮލިސް ސްޓޭޝަނުގައި ގައި ތިބޭ ފުލުހުން، ގދ މަޑަވެލީ ޒުވާނެއްކަމަށްވާ މަޑަވެލީ ގާޑްނިން އުމުރުން 27 އަހަރުގެ އަފްޒަލް އަބްދުއް ސައްތާރުގެ ގައިގައި ތަޅައި މޫނު މައްޗަށާއި ބޮލަށާއި އަދި އެކިތަންތަނުގައި ތަޅާ އަނިޔާ ކުރި ކުރުން އިssންސާފާ އެއްގޮތަށް ބައްލަވައި ދިނުމަށް، މޯލްޑިވްސް ޕޮލިސް ސާވިސާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސާއި، ޕޮލިސް އިންޓަރގްރިޓީ ކޮމިޝަނަށް މިދާއިރާއިން ގޮވާލަމެވެ.
ގދ މަޑަވެލީ އަފްޒަލް އަބްދުއް ސައްތާރުގެ ގައިގައި ފުލުހުން ތަޅާފައިވަނީ ގެއްލުނު ފޯނެއްގެ ތުހުމަތުގައި ހައްޔަރު ކުރުމަށް ފަހު މިއެޕްރީލް މަހުގެ 10 ވަނަ ދުވަހުގެ ރޭގައެވެ. މިފޯނުނެގީ އަފްޒަލް އަބުއްސައްތާރެއް ނޫނެވެ. ނަމަވެސް ފުލުހުން އޭނާ ގައިގައި ތަޅަމުން ދަނިކޮށް މިފޯނުގެ ވެރިފަރާތުން ވަނީ ފޯނު ނެގިމީހާ އެގިއްޖެކަމަށާއި ފޯނު މިހާރު ލިބިއްޖެކަމަށް ފުލުސް އޮފީހަށް އައިސް ބުނެފައެވެ. އޭރު 6 ފުލުހަކުވެގެން އަފްޒަލް އަބުދުއް ސައްތާރަށްވަނީ ބޮޑެތި އަނިޔާ ތަކެއްކޮށްފައެވެ.
ގދ ގައިތިބޭ ފުލުހުން ، މިގޮތަށް ހައްޔަރު ކުރެވޭ މީހުންގެ ގައިގައި ތަޅާ އަނިޔާ ކުރާކަން މިދާއިރާއަށް ކުރިންވެސްވަނީ އެގިފައެވެ. އަދި ފުލުހުން ޖަލުގައި މިގޮތަށް އަނިޔާކޮށް މީހުން މަރާފައިވާކަން ވަނީ އެންމެނަށް އެގި ސާބިތުވެފައެވެ. އެހެންވުމުން މިދާއިރާއިން ގޮވާލަނީ މިމަސްއަލަ ކަމާބެހޭ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަވާ ، ރާއްޖޭގައި ފުލުހުން ހިންގަމުން މިދާ އިންސާނީ ރަހުމް ކުޑަ އަނިޔާތަކުން ދިވެހިރާއްޖޭގެ ރަށްޔިތުން ސަލާމަތް ކުރުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ގައުމުގެ އެންމެހާ ރަށްޔިތުން އެއްބައިވެގެން ކުރުމަށެވެ.
ގދ އަށް ފޮނުވާފައިވާ ފުލުހުން ތިނަދޫގައި 2006 ނޮވެމްބަރ މަހުގެ 9 ވަނަދުވަހުގެ ރޭ އަންހެން ކުއްޖަކު ފަޅުގެޔަކަށް ވައްދައިގެން ބަދު އަޚްލާގީ އަމަލު ހިންގަން އުޅޭކަން އާއިލާ މީހުންނަށް އެގިގެން ، އާއިލާގެ މީހުން އެތަނަށް ޖަމާވެ އެކަމާ ހިތްހަމަ ނުޖެހިގެން އިހްތިޖާޖް ކުރުމުންވެސް ފުލުހުން ވަނީ އެތަނަށް ޖަމާވި ތިނަދޫ ރަށްޔިތުން ގައިގައި ތަޅާ އަނިޔާކޮށްފައިވެއެވެ. ފުލުހުންގެ މިފަދަ ހަޑި ހުތުރު މުޑުދާރު އަމަލުތައް ދިވެހި ސަރުކާރުން ފޮރުވަން މަސައްކަތް ކުރާ ކުރުމަކީ ، ރާއްޖޭގެ އަދުލު އިންސާފް ގެއްލި ، މުޅިރާއްޖެ ފިތުނަ ފަސާދައެއްގެ ތެރެއަށްވެއްޓިގެން ހިގައިދާނެ ކަމެކެވެ.
ވިމާ ފުލުހުންގެ އަނިޔާވެރިކަމާއި ހަޑިމުޑުދާރު އަމަލުތައް ހުއްޓުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސާއި، ޕޮލިސް އިންޓަރގްރިޓީ ކޮމިޝަނާއި އަދި ރަތްޔިތުންގެ މަޖްލީހުގެ އިތްޒަތްތެރި މެންބަރުންނަށްވެސް

މިދާއިރާއިން ގޮވާލަމެވެ



click hear to enlarg the letter from abdl.sattaru to Commissioner of pilice
Free Image Hosting at www.ImageShack.us Free Image Hosting at www.ImageShack.us

Thursday 19 April 2007

އިއްޔެހެނދުނުކެއްކި ބިސްތަކެއް ހަވީރުކައިގެން، ކާނާވިހަވެގެން ގައްދޫ ސްކޫލްކުދީންތަކެއް އެޑްމިޓްކޮށްފި
2007-04-19









ގދ.ގައްދޫ ސްކޫލްކުދީންތަކެއް ފުޑްޕޮއިސަންގެ ސަބަބުން ގދ.ގައްދޫ ސިއްޙީ މަރުކަޒުގައި އެޑްމިޓްކޮށްފިއެވެ.
ގދ.ގައްދޫ ސިއްޙީ މަރުކަޒާ ހަވާލުވެހުރި އަދީލާ ރަޝީދު ބުނުއްވީ އިއްޔެ ހަވީރު ކާނާ ވިހަވެގެން ސޯޅަކުދީން ގެނައިކަމަށާއި، ތަފާތު ކަންތައްތައް އެކުދީންނަށް ދިމާވެފައިވާކަމަށެވެ.
"ބަނޑަށްތަދުވެ ހޮޑުލެވި އެކަހަލަ ކަންތައްތަކެއް އެކުދީންނަށް ދިމާވެފައިވަނީ . ރޭސޯޅަކުދީން އެޑްމިޓްކުރި " އަދީލާ ބުނުއްވިއެވެ.
ގދ.އަތޮޅުމަދަރަސާއިން ވިދާޅުވީ އެކުދީން އިއްޔެހަވީރު ބިސްކައިފައިވާކަމަށާއި ފަހަރެއްގައި އެއީ އޭގެ ސަބަބުން ދިމާވި ކަމެއްކަމަށްވުމަކީވެސް އެކަށީގެންވާކަމަށެވެ. އަދި އެމަދަރަސާގެ އ.ޕްރިންސިޕަލް ފްރެޑްރިކް ބުނުއްވީ އިއްޔެ ހަވީރު އެއްކުއްޖަކު ދުވެފައި އަިސް މަޑުކޮށްލިތަނާ ހޮޑުލެވުނު ކަމަށާއި،އެތަންބަލާފައި އެހެން ކުއްޖަކުވެސް ހޮޑުލެވުނުކަމަށެވެ. އަދި 16 ކުދީންނަށް އެމައްސަލަ އެއްފަހަރާ ދިމާވާންވީ ކީއްވެތޯ ދެންނެވުމުން ވިދާޅުވީ އެއީ ސިއްހީ ދާއިރާއިން ބައްލަވަން ޖެހޭ ކަމެއް ކަމަށެވެ. ގދ.އަތޮޅު މަދަރަސާގެ ބެލެނިވެރިއަކު ބުނުއްވީ ހެނދުނުކައްކާފައިވާ ކުކުޅުބިސްތަކެއް ކުދީންނަށް ދިނުމުގެ ސަބަބުން އެކުދީން ކާނާވިހަވީކަމަށް ބެލެވޭ ކަމަށެވެ. އަދި އެހުރިހާކުދީންނަށް އެމައްސަލަ އެއްފަހަރާ ދިމާވާންޖެހޭ އެހެންސަބަބެއް ނެތްކަމަށް ވިދާޅުވިއެވެ.

Wednesday 18 April 2007



22 މާޗް 2007 ވަނަދުވަހު ތިނަދޫ އަށް ފުލުހުން އަރައި ހިންގި ޖަރީމާތަކުގެ އުސްއަލިތައް


މައުމޫން ތިނަދޫއަށް ވަޑައިގަން ނަވަން އުޅުއްވާ ޚަބަރު ލިބުމާއެކު ގދ.ތިނަދޫގައި ތިބި އެމްޑީޕީގެ މެންބަރުންނާއި މިނިވަންކަމަށް ލޯބިކުރާއެންމެހައި ފަރާތްތަކުން އޭނާގެ އިސްތުފާއަށް ގޮވުމަށް ތައްޔާރުވަމުން ދިޔައެވެ. އެގޮތުން އެމްޑީޕީ އޮފީހުގައި ތަފާތު ބައްދަލުވުންތައް ބާއްވަމުން ދިޔައެވެ. އަދި ރަށުގެ ރައްޔިތުންއެކިސަރަހައްދުތަކުގައި މަޝަވަރާކުރުންތައް ބާވަމުންދިޔައެވެ. މިކަމާގުޅިގެން ރަށުގެ ރަށުގެ ރައްޔިތުން ވަރަށްބޮޑަށް އެކަތިގަނޑަކަށްވެ،ޤައުމީޖޯޝާއި ފޯރީގައި ރައީސްމައުމޫނަށް އަޑުއިއްވަންވެގެން ތަފާތު ބެނާތަކާއި، އަޑުގަދަކުރުމުގެ ވަސީލަތްތައްހޯދައި ފަރިތަކުރަންފެށިއެވެ. މިއީ ޤާނޫން އަސާސީގެ 26 ވަނަމާއްދާގެ ދަށުން ރައްޔިތުންނަށް ލިބިދޭ ހައްގެއްކަން އެނގިތިބެ އޭގެ ބޭނުން ފުރިހަމަގޮތުގައި ކުރުމަށް ކުރިކަމެއް ވެސްމެއެވެ.
އެހެންނަމަވެސް ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން ބަރުހަތިޔާރާއެކު، 21 މާޗް 2007 ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ތިނަދޫއަށް އަރައި، ޝުއޫރުފާޅުކުރުމުގެ މިނިވަންކަމާދެކޮޅަށް ހިންގާފައިވާ އަސްކަރީ ހަރަކާތުގެ ސަބަބުން ތިނަދޫގެ ރައްޔިތުންނަށް ޚާއްސަކޮށް ކުޑަކުދީންނަށާއި ނިކަމެތި އަންހެނުންނަށް ނަފަސާނީގޮތުން ވަރަށް ބޮޑެތި ގެއްލުންތައްލިބިފައިވެއެވެ.
ތިނަދޫއަށް ސަލާމަތީ ބާރުތަކުން އޭކޭ 47 ގެބަޑިއާއި ފިސްތޯލައާއި، ގޮވާތަކެއްޗާއި،ކަރަންޓްމުގުރާއި، ބިޑިއާއި އެހެނިހެން ހަތިޔާރާއެކު 900 އަސްކަރީ ސިފައިންނާއި، 1200 ފުލުހުންނާއި ތިނަދޫއަށް ގަދަކަމުންއަރައި ކާފިއު ހިންގުމަށްފަހު މީސްމީހުންގެ ގޯތިގެދޮރަށްވަދެ ކުޑަކުދީންނާއި އަންހެނުން ނިދާފައި ތިއްބާ ގޭގޭގެ ފުރާޅުމައްޗަށާއި، ގޭތެރެއަށްވަދެ އަދި މީސްމީހުންގެ އެތައްމިލިޔަންރުފިޔާގެ އަގުހުރި މަސްދޯނިފަހަރަށްއެމީހުންގެ އިޒްނަނެތިއަރައި، މީހުންގެ މުދާ ފޭރި ގެންފައިވެއެވެ.
މިހެންކަމުން ހަތިޔާރެއްނެތް މަދަނީންނާއި ދެކޮޅަށް ސިފައިންނާއި ފުލުހުން ހިންގި އިންސާނިއްޔަތާއި ޚިލާފް ވަރަށްބޮޑު ޖަރީމާއެކެވެ. ރައީސްމައުމޫން ގަދަކަމުން ތިނަދޫއަށް އެރުމަށްޓަކައި ދިވެހިރައްޔިތުން ބިރުގެންނެވުމަށް ދިވެހިސިފައިންނާއި ފުލުހުންލައްވާ މިހިންގި އަސްކަރީ އޮޕަރޭޝަނުގައި، އަސްކަރީ އެތައް އުޅަނދުގެ އިތުރުން މަދަނީ އުދުހުންތަކުގައި ބޭނުންކުރާ މަތިންދާބޯޓު ބޭނުންކުރިއެވެ. އަދި އިންޑިޔާސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރުވެސް މިއޮޕަރޭޝަނުގައި ބޭނުންކުރިއެވެ.
މިއޮޕަރޭޝަނުގައި އެންމެ އަސަރުކުރުވި މަންޒަރަކީ މަސްދޯންޏެއްގައި ހުރިތަކެތި ފޭރުމަށް ސިފައިންގެ މީހަކު ދޯނިތެރެއަށް އަރައިގެން އުޅެނިކޮށް 20ފޫޓު ފުން ވަތަކަށް ވެއްޓި ވަރަށްބޮޑަށް އަނިޔާވެ އެމީހާގެ އަރިކަށިން ހަތަރުކަށި ބިންދައިގެންދިއުމުގެ ހިތާމަވެރި އަސަރުކުރުވަނިވި މަންޒަރެވެ. މިއީ ކަނޑައެޅިގެން މައުމޫން އިންސާނުންއަޅުވެތިކުރުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން ކުރުވާ ނޭއްގާނީ ހަޑިހުތުރު އަމަލެވެ.
މިއަސްކަރީ އޮޕަރޭޝަނުގައި ސިފައިންނާއި ފުލުހުން ތިނަދޫރައްޔިތުންގެ ޝުއޫރު ފާޅުކޮށްފައިވާ 473 ބެނާ ރާއްޖޭގެ ޤާނޫންއަސާސީއާޚިލާފަށް ފޭރިގެންފައިވެއެވެ. އަދި މައުމޫނު ތިނަދޫއަށް ގަދަކަމުން އެރުމަށްޓަކައި ،ތިނަދޫގެ ރައްޔިތުންގެ އެއަވެސް ތަރުހީބެއް ނުލިބުމުން ތިނަދޫގައި ހުރި ސްކޫލްތަކުގެ ކިޔެވުން ބަންދުކޮށްތުއްތު ކުދީން ކިޔެވުމުން މަހުރޫމް ކޮށްލާ ބެލެނިވެރީންނާއި ސްކޫލް ކުދީން ނަށް ބިރުދައްކައި އެކުދިން ނާއި އެކުދީންގެ މައިން ބަފައިން ގަދަކަމުން އަތިރިމައްޗަށް ގެނެސް އެތައް ގަޑިއިރަކު އަވީގައި ބައިތިއްބައިގެން ސިޔާސީ ހަރަކާތުގައި ބައިވެރިކޮށް ޑީއާރުޕީގެ ދިދަތައް ދީގެން ކުޑަކުދީން ސިޔާސީ ހަރަކާތުގައި ބައިވެރިކޮށްފައިވެއެވެ. އެކުދީން އަތިރިމައްޗަށް ގެންދިޔައީ ފުރަތަމަޓާމް ޓެސްޓު ހެދުމަށް ތައްޔާރުވެފައިވަނިކޮށެވެ. އެޑިއުކޭޝަންމިނިސްޓްރީން އަންގާފައިވާކަމަށް ބުނެ ސްކޫލުން ކުދީންނާއި ބެލެނިވެރީންނަށް އެންގީ އެދުވަހު ރައީސްގެ އިސްތިގުބާލަށް ފާލަންދޮށަށް ނު ނުކުމެއްޖެނަމަ ޓެސްޓުގައި ބައިވެރި ނުވެވޭނެކަމަށެވެ.
22މާޗް 2007 ވަނަދުވަހު މައުމޫނުވަޑައިގެންނެވިއިރު ތިނަދޫ ފަޅުތެރެއިންނާއި ތިނަދޫ ގެ ހުރިހާހިސާބަކުންވެސް ދިޔައީއޭނާގެ އިސްތިއުފާއަށް ގޮވަމުންނެވެ. ފާހަގަކޮށްލެވުނު އެއްކަމަކީ ތިނަދޫ އިރުމަތީފަރާތު ފަރުކައިރީގައި ހިއްކާފައިއޮތް ކުޑަރަށެއްކަމަށްވާ ކޮންނަހުއްޓާ ގައިވެސް މައުމޫނުގެ އިސްތިއުފާ ގޮވާފައިވާކަލަމެވެ. އެއީ މައުމޫނު ނެރުން ވަދެގެން އައިއިރު ވަރަށް ރީއްޗަށް ފެނިގެންދާނެމަންޒަރެކެވެ.
ތިނަދޫއަށް މައުމޫނު ފައިބައިވަޑައިގަތުމާއެކު އިސްތިއުފާގެއަޑުން މުޅިރަށް ގުގުމާލިއެވެ. އަދި ގަދައަޑުފައްގަނޑުގެ ސަބަބުން މައުމޫނުގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔަމަންޒަރު ވަރަށް ރީއްޗަށް ފެނިގެންދިޔައެވެ. އެހެންކަމުން ޑީއާރުޕީގެ ބައެއް މެންބަރުންނަށް މިމަންޒަރުބަލަން ކެތްނުކުރެވިގެން ،އަވަހަށް މައުމޫނު ޒިންދަބާދޭ ކިޔާގޮވަންފެށިއެވެ. އެހެންނަމަވެސް އެއަޑު ތިނަދޫފަސްގަނޑުގައި ގަދަވާގޮތެއް ނުވިއެވެ. އެތަނަށް ގޮސްތިބި ސްކޫލް ކުދީންނާއި ބެލެނިވެރީންވެސް ވެސް ގޮވަމުން ދިޔައީ" މައުމޫނު އިސްތިއުފާ މައުމޫނުއިސްތިއުފާ" މިހެންނެވެ.
މިހާރަކަށް އައިސް ރައީސް މައުމޫނު ރާއްޖެތެރެއަށް ކުރާ ދަތުރުތަކުގައި އޭނާ ގެންގުޅޭ ޚިޔާނާތްތެރި ބައިގަނޑު ރާއްޖެތެރޭގެ ރަށްރަށަށްދާއިރު ރާއްޖެތެރޭގެ ރައްޔިތުންގެ ޝުއޫރު ފާޅުކުރަން އުޅުމުން އޭނަޔާއެކީ ދަތުރުކުރާ ޑީއާރު ޕީގެ ބައިގަނޑު އެކަން ހުއްޓުވުމަށް މަސައްކަތްކުރެއެވެ.އެހެންނަމަވެސް އެކަމެއް އެއްވެސް ރަށަކުން ކާމިޔާބެއް ނުވެއެވެ. މިހެންވާންޖެހޭ އެތައް ސަބަބެއް އެބައޮތެވެ. އެއީ ހުވަދުއަތޮޅަށް ބެލިކަމުގައިވިޔަސް މައުމޫނުގެ ޚުދުމުޚްތާރު ވެރިކަމުގެ ސަބަބުން ހުވަދުއަތޮޅުރައްޔިތުން ވަނީ އިގްތިސާދީ ގޮތުން ވަރަށް ނިކަމެތި ހާލަތަކަށް ވެއްޓިފައެވެ. ރައްޔިތުންނަށް އާމްދަނީ ލިބޭނެ އެއްވެސް ވަސީލަތެއް އަތޮޅުގައި ގާއިމް ކުރެވިފައި ނެތުމުން އަތޮޅުގެ ގިނައާއިލާތައްވަނީ ބަނޑަށް ޖެހިފައެވެ.ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ހަމަޖެއްސުމަށް ސަލާންޖެހުމަށް ވަނީ މަޖްބޫރުވެފައެވެ. މިކަން މިހެން ދިމާވާން ޖެހުނީ މައުމޫނުގެ ސަރުކާރުގެ އިގްތިސާދީސިޔާސަތު ދޯދިޔާވުމުގެ ސަބަބުންނެވެ. ރައްޔިތުންނަށް އާމްދަނީ ލިބޭނެ އެއްވެސް މަގެއް ނެތުމުންނެވެ. އިޤްތިސާދުގެ ރަންބިސްއަޅާކުކުޅު ޓޫރިޒަމް ގެ އެއްވެސް ކަމެއް 29 އަހަރުވީއިރު ހުވަދޫއަތޮޅަށް ފޯރުކޮށްދިނިމަށް ސަރުކާރުން ވަނީ ނުކުޅެދިފައެވެ. ހުވަދޫ އަތޮޅު ރައްޔިތުން އާމްދަނީ ހޯދުމަށް ޒަމާނުއްސުރ ކުރަމުން އައި މަސައްކަތަކީ މަސްވެރިކަން ކަމަށް ވުމާއެކު މައުމޫނުގެ 28 އަހަރު ބޭނިމަހުގެ 75ޕަސެންޓްމަސް ވިއްކޭނެ ގޮތެއް ނެތިގެން ކަނޑަށް އަޅާލަން ޖެހުމުގެ ސަބަބުން މަސްވެރިކަމުން ލިބެންޖެހޭ އާމްދަނީ ވަނީ ނުލިބިފައެވެ.
އިބްރާހީމް ނާސިރުގެ ވެރިކަމުގައި މިއަތޮޅުގެ ރައްޔިތުންނަށް ސަރުކާރުން ދީފައިވާ އަނިޔާގެ ބަދަލް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރަށް މައުމޫނު އެއްވެސް ކަމެއް ކޮށްދީފައިނުވާކަން ތިނަދޫރައްޔިތުން ވަރަށް އަސަރާއެކު ފާހަގަކުރެއެވެ. އަތޮޅުން އެކަށީގެންވާ ރަނގަޅުތައުލީމެއް ލިބޭކަށް ނެތެވެ. އިމާރާތެއް އަޅައި ނަންބޯޑެއް ހަރުކޮށްފައި ސްކޫލްތަކެއް ހުއްޓަސް މަތީތައުލީމަށް ކިޔެވޭވަރަށް އެއްވެސް ކުއްޖަކު ފާހެއް ނުވެއެވެ.ހުވަދޫ އަތޮޅު ރައްޔިތުންނަކީ ދަރީންނަށް ތައުލީމްދިނުމަށް ވަރަށްބޮޑެތި ޤުރުބާނީ ތަކެއް ވަމުންދާބައެކެވެ. ނަމަވެސް މިއަނިޔާވެރި ސަރުކާރުން އެކަށީގެންވާ ތައުލީމެއް ދެވޭނެގޮތެއް ވަނީ ހަމަޖައްސާނުދީފައެވެ. ޤައުމުގެ އެހެން ޒުވާނުންނެކޭ އެއްގޮތަށް މިއަތޮޅުގެ ޒުވާނުންވެސް ވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައެވެ. އެއްވެސް މަސައްކަތެއް ދަސްކުރެވޭނެ ގޮތެއްނެތުމުން އަދާކުރާނެ ވަޒީފާއެއް ވަނީ ނެތިފައެވެ. އަދި މިހާރު ތިނަދޫގައި ވަނީ ބޯފެންހުސްވެ ފެނަށް ޖެހިފައެވެ. މިއީހަމަގަސްތުގައި ހުވަދުއަތޮޅުރައްޔިތުންނަށް މައުމޫނުގެ ސަރުކާރުން ދީފައިވާ އަނިޔާއެކެވެ. އަތޮޅުގެ އެއްވެް ރަށެއްގައި ފާޚާނާގެ ނިޒާމް ނެތުމުގެ ސަބަބުން ގިނަރަށްރަށުގެ ފެންވަނީ ތަޣައްޔަރުވެފައެވެ. ރައްޔިތުންނަށް ރަނގަޅު ބޭސްފަރުވާ ލިބޭނެގޮތެއްނެތެވެ.
މިކަންތައްތައް މިހެން ހުރުމުގެ ސަބަބުން ތިނަދޫ ރައްޔިތުން ދެކެނީ މައުމޫނު ތިނަދޫއަށް މިކުރިދަތުރަކީ ރައްޔިތންނަށް ޖެއްސުމާއި ފުރައްސާރަކުރުމުގެ ގޮތުނަނާއި، އޭނާގެ ބޮޑާކަމާއި ކިބުރުވެރިކަމާއި އޭނާގެ މުއްސަނދިކަމާއި ،ޝާންޝައުކަތު ކަން ދެއްކުމަށްޓަކައި، ހުވަދޫ އަތޮޅަށް ކުރިދަތުރެއްކަމަށެވެ. އޭނާގެ ކާރު އޭނާދާ ކޮންމެރަށަކަށް ގެންދިޔަގެންދިޔުން މީގެ ހެއްކަކަށް ފުދޭނެއެވެ. މީނާގެ ކާރުގެންދިއުމަށް އެކަނި ކުރިޚަރަޑު މިލިޔަނުން ގުނާލެވޭއިރު ސުނާމީގައި ހާލުގައި ޖެހިފައިވާ އެތައް ރައްޔިތަކު ބަނޑުހައި ހޫނުކަމާއި ބޯހިޔާވަހިކަމެއް ނެތި ތިބިއިރު އެކަމަށް އޭނާއަޅާ ނުލާނުލުމަކީ އޭނާ އިންސާނިއްޔަތު ކަމެއް ނެތްކަމުގެ ހެއްކެކެވެ.


Tuesday 17 April 2007

Thinadhoo Saleem next in line to be sentenced in absentia through Dictator's new 'deformed' judicial process

In recent months, the deformed judicial process of the Dictator, headed by a full time student Jameel, has sentenced some senior reformists of MDP in absentia, despite the fact they were around and willing to report to the court. First of this case was that of popular cartoonist and senior MDP member Ahmed Abbas. This was followed by Sodig from Thinadhoo and Siddig from Male'.

And now, there are increasing signs that Saleem Ali, the leading reformist from Thinadhoo will soon be locked away, fast-tracked through the new 'deformed' judicial process. He is currently in his native island but the courts has been coming to his residence in Male', looking for him. He has not been sent a summons yet and most probably won't even get one, but will be sentenced in absentia, analysts fear. After the treatment the dictator got from Thinadhoo last month during his visit, Saleem is now on top of the list of those that Gayyoom wants to put behind bars.

Maldives Dictator's new technique to lock away leading reformists in this manner is yet another example of how much of a crook he really is. All this reform agenda is nothing but rhetoric and propaganda to buy time, so that he could try and secure another term in office.

Welcome to Huvadhoo News!

Huvadhoo is one of the largest Atolls of the Maldives archipilago in Indian Ocean. The Atoll is most popular for its main economic activity, fishing. Huvadhoo is divided into South and North for administrative purposes. Thinadhoo Island is the capital of the South Huvadhoo Atoll, whilst Vilingili is the capital of the North Huvadhoo Atoll.
More information on Huvadhoo Atoll, please visit http://en.wikipedia.org/wiki/Huvadhu_Atoll